ޚަބަރު

އަނިޔާއަށް ފަހު އަންނާނީ ވަރަށް ވަރުގަދަކޮށް - ކޭން



ޓޮޓެންހަމުގެ ކެޕްޓަން ހެރީ ކޭން އަށް ސީޒަން ނިމުނު ނަމަވެސް އަނިޔާއިން ރަނގަޅުވެގެން ވަރުގަދަކޮށް އެންބުރި އަންނާނެ ކަމަށް އޭނާ ބުނެފިއެވެ.

އިނގިރޭސި ގައުމީ ކެޕްޓަން އަދި ފޯވަޑް ކޭންގެ ކަކުލަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން 1-0އިން މޮޅުވި މެޗުގައެވެ.

ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނީ ކޭން ނެތުމަކީ އޭނާގެ ޓީމަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށާއި ނަމަވެސް މިފަދަ ކަންކަމާ ޑީލްކުރުމުގެ ހިތްވަރު ކުޅުންތެރިންގެ ކިބާގައި އެބަހުރި ކަމަށެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހޯދި ކޭން ބުނީ އޭނާ މިވަގުތު އެންމެ ބޮޑަށް ސަމާލުކަން ދެނީ ފަރުވާ އަށް ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ޓީމާ ގުޅެން އުއްމީދު ކުރާ ކަމަށް ކޭން ބުންޏެވެ.

ކޭން ނެތުމަކީ އިނގިރޭސި ގައުމީ ޓީމަށް ވެސް އޮތް ގެއްލުމެއްކަން ފާހަނގަކޮށްލެވެއެވެ.