ސިޔާސީ

ރިޔާސީ އިންތިޚާބުގައި ލިބުނު ވޯޓުގެ ދެބައިކުޅަ އެއްބައި ވޯޓުވެސް ޕީޕީއެމްއަށް ނުލިބުނު

މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަކީ ފޯރިގަދަ ދުވަސްވަރެކެވެ. އެއް ކެންޑިޑޭޓަކަށްވުރެ އަނެއް ކެންޑިޑޭޓަކު އިންތިޚާބު ފަސޭހަކަމާއި އެކުގައި ކާމިޔާބު ކުރައްވާނެ ކަމަށް ދިޔައީ އެކި ފޯރަމްތަކުގައި ތަފާތު އެކި މޭރުމުން ވިދާޅުވަމުންނެވެ. ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ނެގި މި ވޯޓުން ފެނިގެން ދިޔައީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަލި ކުރައްވާ ފަސޭހަކަމާއި އެކުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިންތިޚާބު ކާމިޔާބު ކުރެއްވި މަންޒަރެވެ. ދެބޭފުޅުންގެ ދެމެދުގައި ވޯޓުގެ ތަފާތުވެސް އިންތިހާއަށް ހުއްޓެވެ. ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރެއްވީ 134128 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓު ހޯއްދަވައިގެންނެވެ. ކުރީގެ ރައީސް ޔާމީނަށް ލިބިވަޑައިގަތީ 95631 ވޯޓެވެ. އެއީ 41.6 ޕަސެންޓު ވޯޓެވެ.

އޭގެ ހަމަސް ފަހުން ކުރިމަތިވިމީ ރާއްޖޭގައި ދެވަނައަށް ބޭއްވޭ އެންމެ ބޮޑު އިންތިޚާބެވެ. އެއީ ރައްޔިތުން މަޖިލީހުގެ އިންތިޚާބެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 10 ޕާޓިއަކުން ވާދަކުރިއެވެ. ޖުމްލަ 387 ކެންޑިޑޭޓުންނާއި އެކު ބޭއްވި މި އިންތިޚާބު ފަސޭހަކަމާއި އެކުގައި ކާމިޔާބުކޮށް ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގެ ތާރީޚުގެ ތެރެއަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ވަދެގެން ދިޔައެވެ. އެއީ އެއްޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހޯދި ފުރަތަމަ ޕާޓީއަށް ވެގެންނެވެ. މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އިތުރު އެއްވެސް ޕާޓީއަކާއި ނުލައި ކާމިޔާބުކޮށްފައެވެ. މިއީވެސް ބޮޑު ކާމިޔާބީއެކެވެ.

މިހާތަނަށް ބޭއްވި ރައްޔިތުން މަޖިލީހުގެ ދެ އިންތިޚާބުގައިވެސް މެޖޯރިޓީ ހޯދާފައިވާ ޕާޓީތަކުން މެޖޯރިޓީ ހޯދާފައިވަނީ އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހަދައިގެންނެވެ. މި އިންތިޚާބުގައި އެމްޑީޕީން އެކަނި މައި އެކަނި ނިކުމެ މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ކަހަލަ ގޮތަކަށް ގޮނޑިތައް ހޯދިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނިކުތީ ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި އެކަނި ނިކުމެގެންވެސް އެޕާޓީން ވަނީ 95739 ވޯޓު ޖުމްލަ ހޯދާފައެވެ. އިންތިޚާބުގައި އެމްޑީޕީއާ ގާތަށް އެހެން އެއްވެސް ޕާޓީއަކަށް ވޯޓު ހޯދިފައެއްނުވެއެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕީއެމްއާ އެޕާޓީގެ ތެރެއިން އުފެދުނު އަދި އެޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީއަށް ލިބުނު ވޯޓު އެއްކޮށްލައިގެން ލިބެނީ 33233 ވޯޓެވެ. ވަކިވަކިން ބަލާނަމަ ޕީޕީއެމްއަށް ލިބުނީ 19697 ވޯޓެވެ. ޕީއެންސީއަށް ލިބުނީ 13536 ވޯޓެވެ.

މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ލިބުނު ވޯޓަށްވުރެ ދެބައިކުޅަ އެއްބައި ވޯޓުވެސް މި ދެޕާޓީއަށް ނުވަތަ ރައީސް ޔާމީންގެ ފިކުރަކަށް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ލިބިފައެއްނުވެއެވެ. ޕީޕީއެމްއާ ޕީއެންސީއަށް ލިބުނު ވޯޓަށްވުރެ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށްވެސް ލިބުނު ވޯޓު ގިނައެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް 45042 ވޯޓު ވަނީ ލިބިފައެވެ. ދެން އެންމެ ގިނަ ވޯޓު ލިބުނީ ޖުމްހޫރީ ޕާޓީއަށެވެ. އެޕާޓީއަށް ވަނީ 23138 ވޯޓު ލިބިފައެވެ. އެމްޑީއޭއަށް 5950 ވޯޓު ލިބުނުއިރު އަދާލަތު ޕާޓީން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ޖުމްލަ ވޯޓަކީ 4379 ވޯޓެވެ. މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްެސްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުންނަށް 292 ވޯޓު ލިބުނުއިރު ލޭބަރ ޕާޓީއަށް ލިބުނީ 235 ވޯޓެވެ.

މި ތަފާސް ހިސާބުތަކުން ސުވާލުތަކެއް ވެސް އުފެދެއެވެ. އެއީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީނަށް ލިބުނު 95000އަށްވުރެ ގިނަ ވޯޓު ދިޔައީ ކޮންތާކަށް ހެއްޔެވެ. އެމަނިކުފާނަށް އޭރު ލިބުނު ވޯޓާއި ގާތަށްވެސް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނުގެ ފިކުރަށް ނުލިބުނީ ކީއްވެގެން ހެއްޔެވެ.