ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ބައެއް ކެނޑިޑޭޓުން ވަރަށް މަތީން ވޯޓް ހޯއްދެވިއިރު ވަރަށް މަދުން ވޯޓް ލިބިވަޑައިގެންނެވި ކެނޑިޑޭޓުންވެސް މަދެއް ނޫނެވެ. މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށް ބަލާލުމުން މި ފަހަރުގެ މަޖލިސްގެ ގިނަ މެމްބަރުންނަކީ މަޖިލީހަށް އަލަށް ވެދެވަޑައިގަންނަވާ ބޭފުޅުންނެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތިޖާ ދައްކާ ގޮތުން މި ފަހަރުގެ މަޖިލީހުން ޖާގަ ހޯދި އަންހެން މެމްބަރުންގެ އަދަދަކީ 4. 87 ދާއިރާއަށް މެމްބަރުން އައްޔަންކުރި މަޖިލީހުން ޖާގަ ހޯދި އަންހެން މެމްބަރުންނަކީ ގަލޮޅު އުތުރު ދާއިރާއަށް ހޮވި ވަޑައިގެން އެދާއިރާ މިހާރުވެސް ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ހިސާން ހުސެއިންނާއި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޖީހާން މަހްމޫދާއި އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގެން އެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދާމެވެ.
އަންނަ މަޖިލިސް އިންތިހާބުވި މެމްބަރުންގެ ތެރެއިން އެންމެ މަތިން ވޯޓް ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވި އިބްރާހިމް ނާޒިލްއެވެ.
އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުން ފަހަތަށް ޖައްސާލުމަށްފަހު ތަނަވަސް އަޣުލަބިއްޔަތުން ނާޒިލް އެގޮނޑި ކާމިޔާބު ކުރެއްވީ 1930 ވޯޓް ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ %70.28އެވެ.
ދެވަނައަށް އެންމެ މަތިން ވޯޓް ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އީވާ އަބުދުﷲއެވެ. ހަތަރު ކެންޑިޑޭޓަކާ ވާދަ ކުރައްވައި އީވާ ގޮނޑި ދިފާއު ކުރެއްވީ 1200 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ %69.07 އެވެ.
19 ވަނަ ރައްޔިތުން މަޖިލިހަށް އިންތިހާބު ވި މެމްބަރުންގެ އުމުރަށް ބަލާއިރު އެވެރެޖް އުމަރަކީ 43 އަހަރެވެ.
އިންތިހާބުގެ ނަތީޖާ ދައްކާގޮތުން 19 ވަނަ ރައްޔިތުން މަޖިލީހުގައި ގިނައިން ތިއްބަވާނީ މަޖލީހަށް މުޅިން އާ ބޭފުޅުންނެވެ. މި ގޮތުން މަޖިލީހުގެ ނަތީޖާ ދައްކާގޮތުން މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ ތެރެއިން 62 މެމްބަރުންނަކީ ނުވަތަ 71.26 އިންސައްތައަކީ މުޅިން އަލަށް މަޖިލީހުގެ މެމްބަރުންނަށް ވެޑައިގަންނަވާ ބޭފުޅުންނެވެ. 25 މެމްބަރުން ނުވަތަ 28.74 އިންސައްތައަކީ މިހާރުވެސް އެ މަޤާމު ފުރުއްވަމުން ގެންދަވާ ނުވަތަ ކުރިން މަޖލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓްލީ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ އިރު މިއީ މިހާތަނަށް ގިނަ ރެކޯޑްތަކެއް ހެދި އިންތިޚާބެކެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކުން ނުހޯދާވަރުގެ ކާމީޔާބީއެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހޯދި އިރު މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓް ލާފައިވަނީ ގއ.ވިލިނގިލީ ދާއިރާއަށެވެ. އެ ދާއިރާއަށް ތިންހާސް ތިން ސަތޭކަ ނުވަދިހަ ފަސް މީހަކު ވަނީ ވޯޓް ލާފައެވެ.
އަންނަ މަޖިލިސް އިންތިހާބުވި މެމްބަރުންގެ ތެރެއިން އެންމެ މަތިން ވޯޓް ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވި އިބްރާހިމް ނާޒިލްއެވެ.
އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުން ފަހަތަށް ޖައްސާލުމަށްފަހު ތަނަވަސް އަޣުލަބިއްޔަތުން ނާޒިލް އެ ގޮނޑި ކާމިޔާބު ކުރެއްވީ 1930 ވޯޓް ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ %70.28އެވެ.