ޚަބަރު

ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް ދާ ޓީމްތައް ކަށަވަރުވެއްޖެ


8 ވަނަ އިންޓަރ ސްކޫލް ހޭންޑް ބޯލް މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެންބައިގެ ފައިނަލުން ޖަމާލުއްދީން ސްކޫލް އާއި ގިޔާސުއްދީން ސްކޫލް އަދި އަންހެންބައިގެ ފައިނަލުން ޖަމާލުއްދީން ސްކޫލް އާއި ޢާޒީ ސްކޫލް ޖާގަ ހޯދައިފިއެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލް މެޗްތަށް ކާމިޔާބުކޮށް ޖަމާލުއްދީން ސްކޫލް ފައިނަލުން ޖާގަ ހޯދާފައިވަނީ ރެހެންދި ސްކޫލްއާއި ވާދަކޮށް 15 ގޯލް 9 ގޯލުންނެވެ. ގިޔާސުއްދީން ފައިނަލުން ޖާގަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލްއާއި ވާދަކޮށް 5 ގޯލް 2 ގޯލުންނެވެ.
މިމުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުން ޖަމާލުއްދީން ސްކޫލް ޖާގަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލްއާއި ވާދަކޮށް 13 ގޯލް 5 ގޯލުންނެވެ. އަދި ޣާޒީ ފައިނަލުން ޖާގަ ހޯދީ ގިޔާސުއްދީން ސްކޫލް ފައިނަލުން ޖާގަ ހޯދާފައިވަނީ 6 ގޯލް 5 ގޯލުންނެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފިރިހެންބައިގެ ފައިނަލް މެޗްގައި ވާދަކުރާނީ ޖަމާލުއްދީން ސްކޫލް އާއި ގިޔާސުއްދީން ސްކޫލް އަދި އަންހެންބައިގެ ފައިނަލް މެޗްގައި ވާދަކުރާނީ ޖަމާލުއްދީން ސްކޫލް އާއި ޢާޒީ ސްކޫލެވެ.

މިމުބާރާތުގައި 78 ޓީމްވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށްދަނީ 12 އަހަރުންދަށް، 14 އަހަރުންދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާއަށް ބަހާލައިގެންނެވެ.