ސިޔާސީ

މަޖިލިސް އިންތިޚާބުގެ ފުރިހަމަކަމަށްޓަކައި އީޔޫއިން ތަޢުރީފްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވި ފުރިހަމަ ކަމަށްޓަކައި ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތަޢުރީފުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ފުރިހަމަކަމަށްޓަކައި ތަޢުރީފްކޮށް ވިލާތުގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން އިންތިޚާބު ބޭއްވި ކަމަށްޓަކައި ރާއްޖެއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އެބަޔާނުގައި ވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާގެ އިންތިޒާރުގައި ތިބި ދަނޑިވަޅެއްގައި އިންތިޚާބުގެ ކަންކަން ފުރިހަމަކަމާއެކު ކުރިއަށް ގެންދެވިކަމަށްޓަކައި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށާއި އިލެކްޝަންސް ކޮމިޝަނަށް ހާއްޞަ ތަޢުރީފްކުރާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ފުރިހަމަކަމަށްޓަކައި އީޔޫއިން ރާއްޖެއަށް ތަޢުރީފު ކޮށްފައިވާއިރު ކޮމަންވެލްތާއި ޖަޕާނުންވެސް ވަނީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއި އެކު ކުރިއަށް ގޮސްފައިވާތީ އެކަން ފާހަގަކޮށްފައެވެ.