ޚަބަރު

އިސްލާމީ މަރުކަޒުގެ އިމާމުގެ މަޤާމަށް ނަޞްރުﷲ ޢަލީ ޢައްޔަނު ކުރައްވައިފި


މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)ގެ އިމާމުކަމުގެ މަޤާމަށް ބ. ކެންދޫ، އެއްގަމުގޭ ނަޞްރުﷲ ޢަލީ ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނަޞްރުﷲ ޢަލީ އިސްލާމީ މަރުކަޒުގެ އިމާމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ މިނިސްޓަރުގެ ނާއިބު ފެންވަރުގައެވެ.

ނަޞްރުﷲ ޢަލީ އަކީ މިޞްރުގެ ޢަލްއަޒްހަރު ޔުނިވަރސިޓީން "ބެޗެލަރ އޮފް އާރޓްސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ" ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.

ނަޞްރުﷲ ޢަލީ އަކީ ޤުރުއާނާއި، އިސްލާމީ ޢިލްމު އުނގަންނައި ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، މަޝްހޫރު އުސްތާޛެކެވެ.