ސިޔާސީ

އާ މަޖިލިސް ހުވާކުރުން އަންނަ މަހުގެ 28ގައި


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28ވަނަ ދުވަހު ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ. އާ މަޖިލިސް ހުވާކުރާނެ ދުވަސް މަޖިލީހުން އިއުލާންކުރި ނަމަވެސް ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ވަކިތަނެއް ރައްޔިތުން މަޖިލީހަކުން ހާމައެއް ނުކުރެއެވެ.

މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ނުކުމެގެން އައީ ވަރަށްވެސް ތަފާތު ބޮޑުކޮށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްގެނެނެވެ. އިންތިޚާބުގެ ވަގުތީ ނަތީއްޖާތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނަ ގޮނޑި ލިބުނު އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. ދެން އެންމެ ގިނައިން ގޮނޑި ލިބުނު ޖުމްހޫރީ ޕާޓީއަށް ލިބުނީ 6 ގޮނޑި އެވެ. ފީޕީއެމް / ޕީއެންސީ ކޯލިޝަނަށް ލިބިފައިވަނީ 7 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ހަ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު އެމްޑީއޭއަށް ލިބުނީ ދެ ގޮނޑިއެވެ.

އިންތިހާބުގައި ވާދަކުރި އަދާލަތު ޕާޓީއާއި ޑީއާރްޕީއާއި އެމްޓީޑީއާއި ލޭބަރ ޕާޓީއަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.


މިހާރު ހިންގަމުންދާ 18 ވަނަ މަޖިލީހުގެ ދައުރު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. 19ވަނަ މަޖިލީހުގެ މެންބަރުންނާއި އެކު މަޖިލީހުގެ ދައުރު ދެން ފަށާނީ އަންނަ ޖޫން މަހުއެވެ.