ޚަބަރު

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ދެ ދެމަފިރިކަނބަލެއް


2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނިފައިވާ ކޮންމެ ރައްޔިތުންގެ މަޖިލީހެއްގައިވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބޭފުޅުންނާއި ދެމަފިރިކަނބަލުން ފެނިފައިވެއެވެ.

މި އިންތިޚާބުގައި ގޮނޑިތަށް ކާމިޔާބުކުރެއްވި ބޭފުޅުންނަށް ބަލާލާއިރު ދެ ދެމަފިރިކަނބަލެއްގެ ނަން ފާހަގަވެގެންދެއެވެ. އެއީ ޤާނޫނީ ވަކީލް ހިސާން ހުސައިންގެ ދެމަފިރިކަނބަލުންނާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުންނެވެ.

ޤާނޫނީ ވަކީލު ހިސާން ހުސައިން ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު، އެކަމަނާގެ ފިރިކަލުން އިބްރާހީމް ނާޒިލް ވަނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. އަދި ރޮޒައިނާ އާދަމް މިފަހަރު ވެސް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ދިފާޢު ކުރައްވާފައިވާއިރު، އެކަމަނާގެ ފިރިކަލުން މުހައްމަދު ނާޝިޒް ހޮވިވަޑައިގެންނެވީ ކިނބިދޫ ދާއިރާއަށެވެ. ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުން ވަނީ މީގެކުރިން 2009 ވަނަ އަހަރުވެސް އެކުގައި މަޖިލީހަށް ހޮވިފައެވެ. އެހެންނަމަވެސް މިއީ ހިސާންގެ ދެމަފިރިކަނބަލުން މަޖިލީހަށް ހޮވިވަޑައިގަތް ފުރަތަމަ ފަހަރެވެ.