ޚަބަރު

ހިގުއައިން އަށް ދިމާވީ ސުއަރޭޒަށްވެސް ދިމާވި މައްސަލަ: ސާރީ


ޗެލްސީގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އަށް ވެސް ދިމާވީ ލިވަޕޫލަށް ކުޅުނު ލުއިސް ސުއަރޭޒަށް ވެސް ޕްރެމިއާ ލީގުގައި ދިމާވި މައްސަލަ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ސަރީ ބުނެފި އެވެ.

އޭނާ މިހެން ބުނީ އާޖެންޓީނާގެ ފޯވަޑަށް ގޯލު ނުޖެހޭތީ އެވެ. ނަމަވެސް ސަރީ ބުނީ އެހެން ކިޔާފައި ހިގުއައިން އަށް އިތުރު ވަގުތު ދެވެން ނެތް ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ކުޅުންތެރިޔާ ފޯމަކަށް އަންނަ ޖެހޭ ކަމަށެވެ.

ސަރީ ބުނީ ސީޒަނެއްގެ މެދުތެރެއިން ޕްރެމިއާ ލީގާ ގުޅި ސީޒަނުގެ ފަހު ބައިގައި މޮޅު ކުޅުމެއް ދެއްކުމަކީ ގިނަ ކުޅުންތެރިންނަށް އުނދަގޫ ކަމެއް ކަމަށެވެ. ސަބަބަކީ ޕްރެމިއާ ލީގަކީ ވަރަށް ވާދަވެރި އަދި ވަރަށް ފިޒިކަލް ލީގަކަށްވުން ކަމަށެވެ.

ބާސެލޯނާގެ މިހާރުގެ ފޯވަޑް ސުއަރޭޒް 2011 ވަނަ އަހަރު ލިވަޕޫލާ ގުޅި ޖެހީ 11 ގޯލެވެ. ދެ ވަނަ ސީޒަނުގައި 21 ގޯލު ފަހު އަދި ފަހުން 31 ގޯލު ޖެހި އެވެ.

ސާރީ ބުނީ ސުއަރޭޒް ލީގަށް ހޭނުމުން މޮޅަށް ކުޅުނު ކަމަށާއި މިހެންވެ އެކަން މިސާލަކަށް ބަލާފައި އަންނަ ސީޒަނުގައި ހިގުއައިން ޗެލްސީގައި ބަހައްޓާނެ ކަމަށެވެ.