ސިޔާސީ

ހައިކޯޓުން ނިންމާ މައްސަލަ އިސްތިއުނާފް ކުރުމަށް 60 ދުވަސް


ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި
އިސްތިއުނާފު ކުރެވޭނީ މައްސަލަ ނިންމާތާ 60 ދުވަހުގެ ތެރޭގައި ކަމަށް ސުޕްރީމް
ކޯޓުން ކަނޑައަޅައިފިއެވެ.



ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށާއި، ދައުލަތުގެ ހުރިހާ
މުއައްސަސާތަކަށް ސުޕްރީމްކޯޓުން އަންގާރަ ދުވަހުގެ ރޭ ފޮނުއްވި އާންމު ސިޓީގައި ބުނެފައިވަނީ ޝަރުޢީ
ކޯޓުތަކުން ނިންމާ މައްސަލަތަށް އިސްތިއުނާފް ކުރުމާ ގުޅޭގޮތުން ކުރިން ސުޕްރީމް
ކޯޓުން ނެރުނު ރޫލިންއާ ގުޅުވައިގެން ހައިކޯޓުން ނިންމާ މައްސަލަތަށް އިސްތިއުނާފް
ކުރުމަށް ހުށައެޅޭނީ މައްސަލަ ނިންމާތާ 60 ދުވަހުގެ ތެރޭގައި ކަމަށް ކަނޑައަޅާކަމަށެވެ.




އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަބްދުއްﷲ
ސަޢީދު ސޮއިކުރައްވާ ނެރެފައިވާ އާންމު ސިޓީގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ
ޤަވާއިދުގެ 39 ވަނަމާއްދާގެ (ނ)ގެ ދަށުން މިގޮތަށް ކަނޑައަޅާކަމަށާއި، އަދި މި
މުއްދަތު ގުނާނީ ހައިކޯޓުން މައްސަލަ ނިންމާ ދުވަހާއި  މުއްދަތު ހަމަވާ ދުވަހާއި ދެމެދަށް އަންނަ
ސަރުކާރު ބަންދު ދުވަސްތަށް ނުހިމެނޭގޮތަށްކަމަށް ނިންމާކަމަށެވެ. މިއަހަރުގެ
ޖެނުއަރީމަހު ނެރެފައިވާ ރޫލިން އެއްގައި ސުޕްރީމް ކޯޓުންވަނީ ދިވެހިރާއްޖޭގެ
ކޯޓުތަކާބެހޭ ޤާނޫނުގައި އިސްތިއުނާފްގެ މުއްދަތު ބަޔާންކުރާ މާއްދާތަކެއް ބާތިލް
މާއްދާތަކެއްގޮތުގައި ކަނޑައަޅައި، ދަށުކޯޓުތަކުން ނިންމާ މައްސަލަތަށް
ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެ މުއްދަތަކީ ސަރުކާރު ބަންދު ދުވަސްތަށް
ނުހިމެނޭގޮތަށް 10 ދުވަސް ކަމުގައި ކަނޑައަޅާފައެވެ.