ޚަބަރު

ހޭންޑްބޯޅައިގަ އިއްޔެ ކުޅުނު މެޗްތައް ގިޔާސުއްދީން، ކަލާފާނު އަދި އިސްކަންދަރު ކާމިޔާބުކޮށްފި


އިންޓަރ ސްކޫލް ހޭންޑް ބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަށް ގިޔާސުއްދީން، ޖަމާލުއްދީން، ކަލާފާން އަދި އިސްކަންދަރު ސްކޫލް ކާމިޔާބުކޮށްފިއެވެ.

19 ސްކޫލަކުން 78 ޓީމް ވާދަކުރާ ފަސްވަނަ އިންޓަރ ސްކޫލް ހޭންޑް ބޯލް މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ގިޔާސުއްދީން ސްކޫލް ކާމިޔާބުކުރީ ދަރުމަވަންތަ ސްކޫލްއާއި ވާދަކޮށް 11 ލަނޑު 5 ލަނޑުންނެވެ.
ޖަމާލުއްދީން ސްކޫލްއިން މެޗް ކާމިޔާބުކޮށްފައިވަނީ އަލް މަދަރަސަތުލް އަރަބިއްޔަތުން އިސްލާމިއްޔާ އާއި ވާދަކޮށް 24 ލަނޑު ޖަހައިގެންނެވެ.

އަލް މަދަރުސަތުލް އަރަބިއްޔަތުން އިސްލާމިއްޔާއަށް އެއްވެސް ލަނޑެއް ޖެހިފައެއްނުވެއެވެ. ކަލާފާން ސްކޫލް މެޗް ކާމިޔާބުކޮށްފައިވަނީ ރެހެންދި ސްކޫލްއާއި ވާދަކޮށް 7 ލަނޑު 4 ލަނޑުންނެވެ. އަދި އިސްކަންދަރު ސްކޫލް މެޗް ކާމިޔާބުކޮށްފައިވަނީ މަޖީދިއްޔާ ސްކޫލްއާއި ވާދަކޮށް 8 ލަނޑު 6 ލަނޑުންނެވެ.

މިމުބާރާތުގައި މިފަހަރު އަތޮޅު ތެރެއިން 4 ސްކޫލްއަކުން ވާދަކުރެއެވެ. އެއީ ކ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ގުޅި ސްކޫލް އަދި ގުރައިދޫ ސްކޫލުންނެވެ.