ޚަބަރު

އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށައިފި


19 ސްކޫލަކުން 78 ޓީމް ވާދަކުރާ ފަސްވަނަ އިންޓަރ ސްކޫލް ހޭންޑް ބޯލް މުބާރާތް ފަށައިފިއެވެ.

މުބާރާތް ކުރިއަށްދާނީ 12 އަހަރުންދަށް، 14 އަހަރުންދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާއަށް ބަހާލައިގެންނެވެ. މިއަހަރުގެ މުބާރާތުގެ ކުޅުން ފަށާފައިވަނީ 12 އަހަރުން ދަށުގެ އުމުރު ފުރާއިންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފައިވަނީ ރެހެންދި ސްކޫލް، ހުރަވީ ސްކޫލް އަދި މަޖީދިއްޔާ ސްކޫލުންނެވެ. މަޖީދިއްޔާ ސްކޫލް މެޗް ކާމިޔާބުކޮށްފައިވަނީ ގިޔާސުއްދީން ސްކޫލްއާއި ވާދަކޮށް 10 ގޯލް 7 ގޯލުންނެވެ.

ރެހެންދި ސްކޫލް މެޗް ކާމިޔާބުކޮށްފައިވަނީ މުހިއްދީން ސްކޫލްއާއި ވާދަކޮށް 9 ގޯލް 1 ގޯލުންނެވެ. ހުރަވީ ސްކޫލް މެޗް ކާމިޔާބުކޮށްފައިވަނީ އިމާދުއްދީން ސްކޫލްއާއި ވާދަކޮށް 5 ގޯލް 3 ގޯލުންނެވެ. މިމުބާރަތުގައި މިފަހަރު އަތޮޅު ތެރެއިން 4 ސްކޫލްއަކުން ވާދަކުރެއެވެ. އެއީ ކ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ގުޅި ސްކޫލް އަދި ގުރައިދޫ ސްކޫލުންނެވެ.

މިދިޔަ އަހަރު މިމުބާރާތުގައި އަތޮޅު ތެރެއިން ވާދަކޮށްފައިވަނީ 2 ސްކޫލެވެ. އެއީ މާފުށި ސްކޫލާއި، ގުރައިދޫ ސްކޫލެވެ.