ސިޔާސީ

ޔާމީންގެ ވެރިކަމުގެ އަސަރު އަދިވެސް އެއްކޮށް ފުހެވިގެން ނުދޭ - ޝާހިދު


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ އަސަރު އަދިވެސް އެއްކޮށް ފުހެވިގެން ނުދާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިކުމެ ވޯޓުލާ، ރައީސް ޔާމީން ވެރިކަން ނިމުނު ކަމަށްވީ ނަމަވެސް އެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ އަސަރު އަދިވެސް ރާއްޖެއިން ފުހެވިގެން ނުދާ ކަމަށާއި ތަރައްޤީއާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ބަލިކަން ކުރަންޖެހޭ ކަމަށްވެސް ޝާހިދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދުގެ ޓްވީޓު:

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަކީ ޔާމީންގެ ވެރިކަމުގެ އަސަރު ޤައުމުން އެއްކޮށް ފުހެލުމަށްޓަކައި ރައްޔިތުންނަށް އަނެއްކާވެސް ލިބިގެންދާ ވަރަށް މުހިއްމު ފުރުޞަތެއް ކަމަށެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.