ޚަބަރު

ޝާލްކާއިން ރެލިގޭޝަނާއި ދުރަށް ޖެހިލައިފި



އެންމެ ފަހުން ކުޅުނު އަށް މެޗުންވެސް މޮޅުނުވެވި އޮތް ޝާލްކާއިން ޖަރުމަނު ބުންޑަސް ލީގާގައި ކުޅުނު މެޗުކާމިޔާބުކޮށް ރެލިގޭޝަނާއި ދުރަށް ޖެހިލައިފިއެވެ.

ހެނޯވަރ އާއި ޝާލްކާ ބައްދަލުކުރި މެޗު ޝާލްކާ އިން ކާމިޔާބުކުރީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޝާލްކާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ، ސުއަޓް ސަޑަރއެވެ.

ބުންޑަސް ލީގާގައި ރޭ ކުޅުނު ދެވަނަ މެޗު އެއިންޓްރެޗް ފްރޭންފާޓް ކާމިޔާބުކުރީ ސްޓުޓްގާޓް އާއި ވާދަކޮށް ތިނެއް ސުމަކުންނެވެ. މި މެޗުގައި ފްރޭންކްފާޓުން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފިލިޕް ކޮސްޓިކްއެވެ. ފްރެންކްފާޓްގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ފިލިޕް ކޮސްޓިކްއެވެ. މި މެޗުގައި ފްރޭންކްފާޓްގެ ތިންވަނަ ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ، ލުކާ ޖޮވިކްއެވެ.

މިނަތީޖާއާއެކު ބުންޑަސް ލީގު ތާވަލްގެ ހަތަރު ވަނައިގައި ފްރެންކްފާޓް އޮތީ ސާޅިސް ނުވަ ޕޮއިންޓާއެކުއެވެ. ސްޓުޓްގާޓް އޮތީ ތާވަލްގެ އަށާރަވަނައިގައެވެ.