ޚަބަރު

ނަޕޯލީ އަތުން ބަލިވެ ގަދަ ހަތަރެއްގެ އުއްމީދު ރޯމާއަށް ފަނޑުވެއްޖެ


އިޓަލިއަން ސެރީއާގައި ނަޕޯލީ އަތުން ބަލިވެ ގަދަ ހަތަރެއްގެ އުއްމީދު ރޯމާއަށް ފަނޑުވެއްޖެއެވެ.

ލީގުގައި ރޭ ނަޕޯލީއާއި ރޯމާ ވާދަކުރި މެޗުން ރޯމާ ބަލިވީ ހަތަރެއް އެކަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ނަޕޯލީންނެވެ. މި ލަނޑު ޖަހައިދިނީ އަރްކަޑޫޝް މިލިކްއެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑިއޭގޯ ޕެރޯޓީ ޖެހި ގޯލުން ރޯމާއިން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުން ނަޕޯލީ މޮޅުވީ ދެވަނަ ހާފުގައި އެޓީމުން ޖެހި ތިން ގޯލާއިއެކުއެވެ. މި ތިން ލަނޑު ޖަހައިދިނީ ޑްރީސް މާޓިންސް، ސިމޮން ވާރޑީ އަދި އަމީން ޔޫނެސްއެވެ.

ސެރީއާގައި ރޭ އިންޓަރ މިލާނާއި ލާޒިއޯ ވާދަކުރި ފޯރިގަދަ މެޗު ކާމިޔާބުކުރީ ލާޒިއޯއިންނެވެ. މި މެޗު ލާޒިއޯއިން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގައި ލާޒިއޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ މިލިންކޮވިޗް ސަވިޗްއެވެ. މި މޮޅާއިއެކު ގަދަ ހަތަރެއްގެ އުއްމީދު ލާޒިއޯއިން ދެމެހެއްޓިއިރު، އިންޓަރ މިލާނަށް ތާވަލްގެ ތިންވަނަގައި 5 ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތުވަނީ ގެއްލިފައެވެ.