ސިޔާސީ

މަޖިލިސް އިންތިޚާބު ފަސްކުރުމަށް ފުރުސަތެއް ނުދޭނަން - އެމްޑީޕީ


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރިނަމަވެސް އެކަމަށް ތާއީދު ނުކުރާކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމުގެ ފެތުރެމުންދާއިރު، އެމްޑީޕީން ވިދާޅުވީ، އެފަދަކަމަކަށް އެޕާޓީން އެއްވެސް ފުރުޞަތެއް ނުދޭނެކަމަށެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި އިންތިޚާބުތައް ފަސްކުރުމަށް މަސައްކަތް ކުރުމަކީ އިނދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރާކަމެއް ކަމަށާއި ނަމަވެސް އެފަދަ ކަންކަމަށް އެމްޑީޕީން އެއްބާރުލުން ނުދޭނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިންތިޚާބު ފަސްކުރަން މަސައްކަތްކުރާ ކަމުގެ އަޑު އިވިވަޑައިގެންފައިވާކަމަށާއި އެކަމަށް ސަމާލުވެ ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބު ފަސްކުރަންޖެހޭ ސަބެއް ނެތްކަމަށެވެ.