ޚަބަރު

ސޭމް އެލަޑައިސް އިންޑިޔާގެ ކޯޗްކަމަށް ޝަޢުގުވެރިކަން ފާޅުކޮށްފި


އިނގެރޭސި ގައުމީ ޓީމްއަށް ކޯޗްކަންކޮށްދީފައިވާ ސޭމް އެލަޑައިސް ހުސްވެފައިވާ އިންޑިޔާގެ ސީނިއަރ ޓީމްގެ ކޯޗްކަމަށް ޝަޢުގުވެރިކަން ފާޅުކޮށްފިއެވެ. އިނގެރޭސި ގައުމީ ޓީމްއާއި އިނގެރޭސި ޕްރިމިއާ ލީގުގެ ގިނަ ކުލަބްތަކަށް ކޯޗްކަންވެސް ކޮށްދީފައިވާ ސޭމް އެލަޑައިސް ގެ އިތުރުން އިގެރޭސި ގައުމީ ޓީމްއަށް ކުރިން ކޯޗްކޮށްދީފައިވާ ސްވެން ގޯރަން އެރިކްސަންވެސް ވަނީ އިންޑިޔާގެ ސީނިއަރ ފުޓްބޯޅަ ޓީމްގެ ކޯޗްކަން ބޭނުންވެގެން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އިންޑިޔާގެ ސީނިއަރ ފުޓްބޯޅަ ޓީމްގެ ކޯޗްކަން ހުސްވެފައިވަނީ އޭޝިއަން ކަޕްގެ ގުރޫޕް ސެޓޭޖްއިން އިންޑިޔާ ކެޓުމާއެކު އޭރު އިންޑިޔާގެ ކޯޗްއަކަށް ހުރި އިންގްލެންޑުގެ ސްޓެފަން ކޮންސްޓެންޓިން މަގާމުން އިސްތިޢުފާ ދިނުމުންނެވެ. އޭޝިއަން ކަޕްގެ ފުރަތަމަ މެޗްގައި ތައިލެންޑް އަތުން 4 ލަނޑު 1 ލަނޑު އިންޑިޔާ މޮޅުވިއިރު ބަހުރޭންއަތުން 1 ލަނޑު 0 ލަނޑުން އިންޑިޔާ ބަލިވުމުން އެޓީމް ދިޔައީ ގުރޫޕްގެ ފުލަށެވެ. ގުރޫޕްގެ ފުލަށް ދިއުމުން އިންޑިޔައަށް މުބާރާތުގައި ކުރިއަށް ނުދެވި، އިންޑިޔާވަނީ މުބާރާތުން ކަޓާފައެވެ. އެންމެ މަތީ ފަންތީގައި ކޯޗްކޮށްދީފައިވާ އެރިކްސަންއާއި އެލަޑައިސް އިންޑިޔާގެ ކޯޗްއަކަށް ވުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާއިރު، އިތުރު ކޯޗުންވެސްދަނީ މިމަގާމްއަށް ބޭނުންވެގެން އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަންއަށް ސީވީތަށް ފޮނުވަމުންނެވެ.
ރިޕޯޓްތަށް ބުނާ ގޮތުން އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަންއިން ކޯޗްއެއް ހަމަޖައްސާނެކަމަށް ބެލެވެނީ މިއަންނަ މަހުގެ ފަހުކޮޅުފައެވެ. އެލަޑައިސް އެންމެ ފަހުން ކޯޗްކޮށްދީފައިވަނީ އެވަޓަންއަށެވެ.