ޚަބަރު

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ރަނގަޅަށް- ސިވިލް ކޯޓް


އާންމު ކޮންޓެންޓް ފޮނުވުން ކުއްލިއަކަށް ހުއްޓާލި މައްސަލައާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިހެން ހުކުމްކުރީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ އަށްވަނަ ދުވަހުގެ ރެއިން ފެށިގެން ރާއްޖެ ޓީވީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލި މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ސްޓޭޝަން ދެހާސް ރުފިޔާއިން ޖޫރިމަނާ ކުރުމުން ހުށަހެޅި މައްސަލައިގައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިއުންތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ރިއާޔަތްކޮށް ރާއްޖެ ޓީވީން ޢާންމު ކޮންޓެންޓް ދެއްކުން މެދުކަނޑާލާފައި ވަނީ ބްރޯޑްކޮމްގެ ހުއްދަ ނުހޯދާ ބްރޯޑް ކާސްޓް ކުރުމުގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެ ނިންމުން ބާތިލްކުރާނެ ޝަރުއީ އަދި ޤާނޫނީ ހަމައެއްވެސް ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ރާއްޖެ ޓީވީގެ ޢާންމު ކޮންޓެންޓް ދެއްކުން ހުއްޓާލާފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި، ގަވާއިދާ ޚިލާފަށް ކަމަށްބުނެ ބްރޯޑް ކޮމްއިން ވަނީ "ރާއްޖެ ޓެލެވިޒަމް ޕްރައިވެޓް ލިމިޓެޑް" ދެހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.