ޚަބަރު

އިވޯވް ޖިމްގެ މާސްޓަރ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި


އިވޯވް ޖިމްއިން ތިން މަސްދުވަހަށް ކުރިއަށްގެންދިޔަ މާސްޓާ ޓްރެއިނާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިވޯވް ޖިމް އާއި ޔޫރަޕިއަން އިންސްޓިޓިއުޓް އޮފް ފިޓްނެސް (އީއައިއެފް) ގުޅިގެން ކުރިއަށްގެންދިޔަ ޕާސަނަލް ޓްރެއިނަރުން ތަމްރީން ކުރުމުގެ ކޯހަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ކޯހެކެވެ. މިކޯހުގެ ތިއަރީބައި ކިޔަދީފައިވަނީ އެޕްލިކޭޝަންއެއް މެދުވެރިކޮށްގެން އަދި ޕްރެކްޓިކަލް ބައިތަށް ކުރިއަށް ގެންގޮސްފައިވަނީ މާލޭގައެވެ.

މިކޯހުގައިވަނީ އާންމުކޮށް ފިޓްނަސް ހިފަހައްޓާނެ ގޮތާއި ނިއުޓްރީޝަން، ފިޒިކަލް ފިޓްނަސްގެ ބޭސިކްބައިގެ އިތުރުން، ވަރަށް ތަފްސީލްކޮށް ފިޒިކަލް ފިޓްނަސްގެ ބައިތަށް ކިޔައިދޭނެކަމަށް ޔޫރަޕިއަން އިންސްޓިޓިއުޓް އޮފް ފިޓްނެސްގެ ފަރާތުން ޑެރަން ބުންޏެވެ. ކޯހާއި ބެހޭގޮތުން ވާހަކަދައްކަމުން ޓަރެން ބުނީ މިއީ މިހާރު ރާއްޖެއަށް ވަރަށް މުހިންމު ކޯސްތަކެއްކަމަށާއި މިކޯހުގެ ސަބަބުންވެސް ބައިނަލަގްވާމީ ފެންވަރުގައި ތަމްރީންވެފައި ތިބި ފިޒިކަލް ފިޓްނަސް އިންސްޓްރަކްޓަރުންނާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ކޯހުގައި ބައިވެރިވެ، ބައިނަލަގްވާމީ ފެންވަރު ސެޓްފިކެޓް ހާސިލް ކުރި ބައެއް ބައިވެރިން ބުނީ މިއީ ރާއްޖޭގެ ފިޒިކަލް އިންޓަސްޓްރީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މިކޯހުގެ ސަބަބުން ރާއްޖޭގައި މިހާރު އާންމުވަމުން އަންނަ ހިތުގެ ބަލިތަކާއި ޕްރެޝަތު މައްޗަށް ދިއުމާއި އާތްރައިޓިސްފަދަ ބަލިތަކަށްވެސް ކަސްރަތުގެ ތެރެއިން ލުއި ގޮތްތަކެއް ހޯދައިދެވޭނެކަމަށް ބައިވެރިން ބުންޏެވެ.