ޚަބަރު

ޓީ ޓްވަންޓީ ޕްރިމިޔަރ ލީގް އާއި ޓީ ޓްވަންޓީ ޗެމްޕިއަންސިޕްގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފި


ޓީ ޓްވަންޓީ ޕްރިމިޔަރ ލީގް އާއި ޓީ ޓްވަންޓީ ޗެމްޕިއަންސިޕްގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފިއެވެ. ސީބީއެލް ޕްރިމިއަރ ލީގްގެ ޗެމްޕިއަންކަން ހޯދީ މިދިޔަ މަހުގެ 8ވަނަ ދުވަހު ކުޅެންފެށި ލީގުގައި ކުޅުނު 7 މެޗްވެސް ކާމިޔާބުކޮށްގެންނެވެ. އަދި ސީބީއެލް ޓީ ޓްވަންޓީ ޗެމްޕިއަންސިޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވިޔަންޒާއާއި ވާދަކޮށް 47 ލަނޑުގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގައި ގުރުދިމާވުމުން ސީބީއެލް ކުޅެންއަރާ 20 އޯވަރުގެތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން 219 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 81 ލަނޑުހެދި އާދަމް ނާސިފުއެވެ.
ޖަވާބުގައި ވިޔަންޒާ ކުޅެންއަރާ 20 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމްއަށް ހެދުނީ 172 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 33 ލަނޑުހެދި ދުލާޖްއެވެ. މިމެޗްގެ އެންމެ ރަގަޅަށް އުކާފަވެސް ވަނީ އާދަމް ނާސިފުއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރި އަކަށް ހޮވިފައިވަނީ މާލޭ ސްޕޯރޓްސް ކްލަބްގެ އަބްދުﷲ ސާހިދުއެވެ. މުބާރާތުގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ ވިޔަންޒާގެ ތަރިއްދުއެވެ. މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވިފައިވަނީ ސީބީއެލް ސްޕޯރޓްސް މުހަންމަދު ސަހަރާންއެވެ. ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިޔަންޒާގެ ދުލާޖުއެވެ. މުބާރާތުގެ އެއްމެޗުގައި 200 ލަނޑުޖަހާފަވާތީ އެކަން ފާހަގަކޮށް މުހަންމަދު ރިސްވާން އަދި އެއްމެޗްގައި 3 އޮވަރުގައިއެއްވެސް ލަނޑެއް ނުހެދި އުކާފައިވާތީ މިހުސާން ހާމިދަށްވަނީ ހާއްސަ އިނާމްއެއް ދީފައެވެ.