ވިޔަފާރި

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ މެންބަރަކަށް މާޕް


އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ މެންބަރަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) ވެއްޖެއެވެ.

އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ މެންބަރަކަށް މާޕް ހަމަޖައްސާފައިވަނީ، ފިޖީގައި މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ ބޯޑު މީޓިންގައެވެ. މި ބައްދަލުވުމުގައި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 17 ޤައުމަކުން ވަނީ މާޕް، އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ މެންބަރަކަށް ހެދުމަށް ވޯޓުދީފައެވެ. މި މީޓިންގައި މާޕްގެ ފަރާތުން ބައިވެރިވެފައިވަނީ އެ އެސޯސިއޭޝަންގެ ރައީސް ހުސައިން އަފީފެވެ.
މި ބައްދަލުވުމުގެ ތެރެއިން މާޕުން ވަނީ އެ އެސޯސިއޭޝަނުގެ މެންޑޭޓާއި، އެޗްއާރުގެ ދާއިރާ ރާއްޖޭގައި ފުޅާކޮށް ކުރިއެރުވުމަށް އެސޯސިއޭޝަނުގެ ޕްލޭންތައް ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ ރައީސް ޑޭވިޑް ލި ވިދާޅުވީ، އެ އެސޯސިއޭޝަންގެ މެންބަރަކަށް ރާއްޖެ ހޮވުމުން އުފާވާކަމަށެވެ. އަދި މާޕް އުފެދިގެން ފުރަތަމަ އަހަރު ޤައުމީ ފެންވަރުގެ ކޮންވެންޝަނެއްބާއްވައި ކޮށްފައިވާ މަސައްކަތްތަކާއިމެދު ފަހުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، ޖަމިއްޔާއަކީ ހިއުމަން ރިސޯސް ދާއިރާއިން ވިޔަފާރިވެރިން ބިނާކުރުމަށް ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޖަމުޢިއްޔާއެވެ. އެޖަމްޢިއްޔާއިން ދަނީ ދަނީ އެޗްއާރު ދާއިރާއިން ޒުވާނުން ހޭލުންތެރިކުރުވުމަށްޓަކައި ސިލްސިލާކޮށް އެކި ވޯރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަމުންނެވެ.

ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގެ ނަމުގައި މިމަހު 375 ބައިވެރިންނާއި އެކު އެކްސްޕޯއެއްވެސް ވަނީ ބާއްވާފައެވެ. މި އެކްސްޕޯގައި އޭޝިއާ ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރުހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތުން، ދާއިރާގެ ފަހުގެ މައުލޫމާތާއި، ރޭވުންތަކާއި، އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ވަނީ ހިއްސާކޮށްފައެވެ.