ސިޔާސީ

ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒު އެޗްއާރްސީއެމްއަށް ހާޒިރުކުރަނީ


ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރ ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އެޗްއާރްސީއެމްއަށް ހާޒިރު ކުރަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހު އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް މީޑިއާ އޮފިސަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒު އެޗްއާރްސީއެމްއަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ވަނީ މާލެ ޖަލަށް ޒިޔާރަތްކުރައްވައި ޖަލުގެ ޙާލަތު ބައްލަވާލައްވާފައެވެ.