ޚަބަރު

މެލޭޝިއަން އޯޕެން ގްރޭންޑް ޕްރީގެ ފައިނަލުގައި ދުވެ ސާއިދު 5ވަނަ ހޯދައިފި


ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މެލޭޝިއަން އޯޕަން ގްރޭންޑް ޕްރީގެ ފައިނަލްގައި ވާދަކޮށް ރޭހުގެ 5ވަނަ ހޯދައިފިއެވެ. ސާއިދު މެލޭޝިއަން އޯޕެން ގްރޭންޑް ޕްރިކްސްގެ 100މީޓަރ ދުވުމުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ހީޓުގެ ތިންވަނަ ހޯދައިގެންނެވެ.

ފައިނަލް ހީޓު ސާއިދު ނިންމީ 10.54 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޭހުން އެއްވަނަ ހޯދި އިންޑޮނީޝިޔާގެ ދުވުންތެރިޔާ ރޭސް ނިންމީ 10.20 ސިކުންތުންނެވެ. ސެމީ ފައިނަލްގެ ހީޓުން ސާއިދު ތިންވަނަ ހޯދީ 10.55 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން ސާއިދު ވަނީ މިއަށްވުރެ އަވަހަށް ރޭސް ނިންމައިގެން ގައުމީ ރެކޯޑް ހަދާފައެވެ. އެއީ ދިހައެއް ޕޮއިންޓް ތިނެއް ތިނެއް ސިކުންތުންނެވެ.

ސާއިދު ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފެބްރުއަރީގެ ފަހު ހަފްތާއިން ފެށިގެން މުބާރާތާ ޖެހެންދެން ބެންގަލޫރުގައި ތަމްރީން ހަދާފައެވެ.