ޚަބަރު

އައިއޯއިޖީގަ ބެޑްމިންޓަނުން ރަންމެޑައްޔަށް ކުރާ އުންމީދު ބޮޑު


އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވާ ބެޑްމިންޓަން ޓީމް ފުރިހަމަވެފައިވާ ކަމަށާއި، ރަންމެޑަލްގެ އުއްމީދުބޮޑުކަމަށް ޓީމްގެ އެންމެ ސީނިއަރ އަންހެން ކުޅުންތެރިޔާ ނީލާ ނަޖީބު ބުނެފިއެވެ.
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރަން މެޑައްޔަކަށް އަމާޒުކޮށް ޓީމް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން އައިއޯއައިޖީއަށް ތައްޔާރުވުމަށް ޓީމުންވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ އިތުރުން އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފައެވެ.

ނީލާ ބުނީ ޓީމްގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރަމުންދަނީ އެކުވެރިކަމާއެކު ކަމަށެވެ. އަދި ކޯޗުގެ އިރުޝާދާއިއެކު ޓީމަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެކަމަށާއި، ރަންމެޑަލް ހޯދޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ޓީމް ފުރިހަމަވެފަ އޮތީ. ވަރަށް އެކީގަ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ކޯޗް ވަރަށް ވިސްނައިގެން ވަރަށް ބަލައިގެން ތަމްރީނު ކުރަމުން ދަނީ. ވަރަށް ބޮޑު އިމްޕރޫވްމަންޓެއް ފެނިފަ އިނީ. އަޅުގަނޑަށް މިހާރު ގޯލްޑް މެޑަލް އަތުގައޭ ބުނާނީ އޮތީ. އެވަރުގެ ޔަގީންކަމެއް އެބައޮތް" ނީލާ ބުންޏެވެ.