ވިޔަފާރި

ސަދަން ޓްރާންސްޕޯޓް ލިންކު ޥެބްސައިޓުން ފަސޭހަކަމާއިއެކު މިހާރު ޓިކެޓް ބުކްކުރެވޭނެ - އެމްޕީއެލް


އޮންލައިންކޮށް ޓިކެޓް ބުކް ކުރެވޭ ވެބްސައިޓެއް ސަދަން ޓްރާންސްޕޯޓު ލިންކުން އިފްތިތާޙްކޮށްފިއެވެ.

ސަދަން ޓްރާންސްޕޯޓު ލިންކަކީ، އެމްޕީއެލް އިން ރާއްޖޭގެ އެންމެ ދެކުނުގައި ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެވެ. ސަދަން ޓްރާންސްޕޯޓު ލިންކު ނަމުގައި ތަޢާރަފްކުރި މި ވެބްސައިޓު މެދުވެރިކޮށް ރާއްޖޭގެ އެންމެ ދެކުނަށް އެމްޕީއެލް އިން ދެމުންދާ ފެރީގެ ޓިކެޓް އޮންލައިނުކޮށް ބުކް ކުރެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނީ ފުވައްމުލަކާއި ހުވަދޫ އަތޮޅަށް ދެމުންދާ ލޯންޗު ފެރީގެ ހިދުމަތުގެ ޓިކެޓެވެ.

މި ވެބްސައިޓް މެދުވެރިކޮށް ދަތުރުކުރަން ބޭނުންވާ މަންޒިލް އިޙްތިޔާރުކޮށް ފޯމު ފުރިހަމަ ކުރުމަށްފަހު ކޮންފާމް ކުރުމުން ފޯނަށް ވެރިފިކޭޝަން ކޯޑެއް ލިބޭނެއެވެ. އެއަށްފަހު ފަސޭހަކަމާއިއެކު ފައިސާ ދައްކާލެވޭނެއެވެ. މި ވެބްސައިޓާއެކު ދެނުކުގެ ފެރީގެ ޙިދުމަތްހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.