ވިޔަފާރި

މަޓާޓޯ ޓްރެވަލް އެވޯޑްސް 2015ގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފި


"މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015"ގެ މެއިން ސްޕޮންސަރުންނާއި، ކޯ ސްޕޮންސަރުންގެ އިތުރުން އެސޯސިއޭޓް ޕާޓްނަރުންނާއި، އިވެންޓް މެނޭޖަރ ހައިރައިޒް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މެއިން ސްޕޮންސަރަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއެވެ.މިއަހަރުގެ މަޓާޓޯ ޓްރެވެލް އެވޯޑްސްއަށް ތިރީސް ތިން ދާއިރާއަކުން ޖުމްލަ ސަތޭކަ އެގާރަ ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި މީގެ ތެރޭގައި މިއަހަރު މުޅިން އަލަށް ދިހަ ދާއިރާއެއް ތަޢާރަފުކޮށްފައިވާއިރު، އެންމެ ބޮޑު ތަފާތެއް ފެނިގެންދާނީ، އެހެން އަހަރުތަކާއި ހިލާފަށް، ފުރަތަމަ ފަހަރަށް ޤައުމުން ބޭރުގައި މަޓާޓޯ ޓްރެވެލް އެވޯޑް އިޝްތިހާރުކުރުމަށް ބާއްވާ ހަރަކާތުންނެވެ.ހައިރައިޒް ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނެޖަރ ޙަބީބާ ޙުސެއިން ވިދާޅުވީ، މިފަހަރުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާނީ ދެ ބަޔަކަށް ބަހާލެވިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބައި ކުރިއަށްދާނީ ދުބާޢީގެ މަޝްހޫރު ހޮޓެލެއްކަމަށްވާ ދުސިތް ތާނީގައި "ގާލާ"ގެ ނަމުގައެވެ.  މި ހަރަކާތް އޮންނާނީ މެއި މަހުގެ ފަސްވަނަ ދުވަހުކަމަށް ހައިރައިޒްއިން މައުލޫމާތުދެއެވެ.މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރޒް، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް ވިދާޅުވީ، މިފަހަރުގެ އެވޯޑް ދިނުމުގެ ކަންކަން ރޭވިފައިވާގޮތުން، ޑުބާއީގައި އޮންނަ އިވެންޓްގެ ތެރެއިން، ރާއްޖޭގައި ހަރަކާތްތެރިވާ ލޯކަލް އަދި އިންޓަރނޭޝަނަލް ބްރޭންޑްތަކަށް އަމާޒުކޮށް، ފަސް ދާއިރާއަކުން އެވޯޑް ދެވިގެންދާނެކަމަށެވެ.މަޓާޓޯ ޓްރެވަލް އެވޯޑްސްގެ މެއިން ސްޕޮންސަރ ކަމުގައިވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި އެއްވަރަށް އެއަރޕޯޓް ތަރައްޤީކުރެވިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި، އެއަރޕޯޓް ތަރައްޤީކުރުމުގައިވެސް ފަތުރުވެރިކަން އިތުރަށް އިޝްތިޙާރު ކުރެވޭނެ ފަދަ ގޮތްތަކެއް ހޯދުން މުހިއްމުކަމަށެވެ. މިއީ އެކުންފުނިން މި އެވޯޑް ސްޕޮންސަރކުރާ ތިން ވަނަ އަހަރެވެ.މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ތިން ކުންފުޏެއް ހަމަޖައްސާފައިވާއިރު، އެސޯސިއޭޓް ޕާޓްނަރަކީ، އެސް.ޓީ.އޯ. މީޑިއާ ޕާޓްނަރަކީ، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯރޕަރޭޝަން، އެމް.ބީ.ސީ. މީގެ އިތުރުންވެސް އަށް ކުންފުންޏަކާއިއެކު ހައިރައިޒުން ވަނީ މި އިވެންޓް ޕްރޮމޯޓްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މަޓާޓޯ މޯލްޑިވެސް ޓްރެވަލް އެވޯޑްސް 2015ގެ މައި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮކޯ ބޮޑު ހިތި ރިސޯޓުގައެވެ.