ޚަބަރު

އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި އެންމެ ކާމިޔާބީ ފ.އަތޮޅު ސްކޫލް



އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ މިއަހަރުގެ އެންމެ ކާމިޔާބު ސްކޫލަކަށް ފ.އަތޮޅު ސްކޫލު ވެއްޖެއެވެ.

ތިން އުމުރުފުރާއަކަށް ބަހާލައިގެން ޖުމްލަ ސޯޅާ ސްކޫލެއް ވާދަކުރި މި މުބާރާތް ރޭ ކާމިޔާބުކަމާއެކު ނިންމާލިއިރު، ފ.އަތޮޅު ސްކޫލުން މުބާރާތް ނިންމާލީ ތިން ބަޔަކުން ޗެމްޕިއަންކަން ހޯދައިގެންނެވެ.

މުބާރާތުގައި ފ.އަތޮޅު ސްކޫލުގެ ހަތަރު ޓީމެއް ވާދަކުރި، އޭގެތެރެއިން ސާދަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ފ.އަތޮޅު ސްކޫލެވެ. ދެންވާދަކުރީ ސޯޅަ އަހަރުން ދަށުގައެވެ. މިއުމުރުފުރާގެ ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދީ ފ.އަތޮޅު ސްކޫލުންނެވެ. ނަމަވެސް އަންހެން ޓީމުނި ނިމްމާލީ ސިލްވާ މެޑަލްއާއި އެކުގައެވެ. މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަނިނަކީ ވާދަވެރި ބ.ގޮއިދޫ ސްކޫލުންނެވެ.

މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަނުންނަކީ ސީއެޗްއެސްސީ، އަދި އަންހެން ބައިގެ ޗެމްޕިއަނުނަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މިފަހަރުގެ މުބާރާތުގައި މާލެއަށް ނިސްބަތްވާ 7 ސްކޫލަކާއި އަތޮޅުތެރެއަށް ނިސްބަތްތާ ނިވަ ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.