ސިއްހަތު

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްޙީ ނިޒާމު އެއް ވިއުގައަކުން ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ރާއްޖޭގެ ސިއްޙީ ނިޒާމު އެއް ވިއުގައަކުން ގުޅާލުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މި މަސައްކަތް ފެއްޓުމުގެ ގޮތުން މިއަދު ހއ. ތުރާކުނުގައި އޮތް ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީނު ވަނީ ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ސިއްޙީ ނިޒާމު އެއް ވިއުގައަކުން ގުޅާލައިފައެވެ. މި މަސައްކަތުގެ ދަށުން ހއ. އަތޮޅުގެ ރަށްތަކުގެ ސިއްޙީ ނިޒާމާއި ގުޅޭ މަޢުލޫމާތު އެއް ނެޓްވޯކެއްގެ ތެރެއިން ބެލެހެއްޓޭނެއެވެ.

އެގޮތުން ގަވަރމެންޓް އީލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހޮސްޕިޓަލު ހިންގުމުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ރައްކާކޮށް ބެލެހެއްޓުމާއި، އިދާރީ ގޮތުން ހޮސްޕިޓަލްގެ މަސައްކަތްތައް ބެލެހެއްޓޭނެއެވެ. އަދި އާސަންދައިގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ބަލިމީހުންގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހޭޓެނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ބަލިމީހުންގެ ސިއްޙީ ރެކޯޑް ކޮންމެ ރަށަކުންވެސް ބަލާލެވޭނެއެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމުގެ ރެކޯޑްތަކާއި، ބޭސް ސިޓީގެ މަޢުލޫމާތާއި، ޓެސްޓްތަކުގެ ރިޕޯޓްތައް ރައްކާކުރުން ހިމެނެއެވެ. ސިއްޙީ ނިޒާމް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ ސަރުކާރުގެ 100ގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކުރިއައް އޮތް ތަނުގައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރާނެއެވެ.