ޚަބަރު

ޒުވާނުންގެ މަރުކަޒުގައި އިންޑޯ ކުޅިވަރު އޮފީހެއް ހުޅުވައިފި



އިންޑޯ ކުޅިވަރުތަކަށް ޙާއްސަ އިދާރީ އޮފީހެއް ޒުވާނުންގެ މަރުކަޒުގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައިދެއްވީ އެކްޓިންގ ޔޫތް މިނިސްޓާ ޢަލީ ވަހީދެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލް ބޭނުންކުރާ ކުޅިވަރު ޖަމްޢިއްޔާތަކަށް އެތަނުގައި ފަސޭހަކަމާއިއެކު ބައެއް އިދާރީ މަސައްކަތްތަށް ކުރުމަށްޓަކައި ހުޅުވި މި އޮފީހަކީ، ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ އެކިއެކި ދަތިތަށް ހައްލުކޮށްދިނުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އިން ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރެއިން ގާއިމް ކުރެވުނު އޮފީހެއް ކަމަށް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މި އޮފީހުގެ ސަބަބުން އިންޑޯގައި ކުޅޭ ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި، މުބާރާތުގެ އިދާރީ އެކިއެކި މަސައްކަތްތަށް ކުރުމަށް ސޯސިއޭޝަންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މިއީ، މިނިސްޓްރީއިން ކުޅިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކޮށް، ސޯސިއޭޝަންތަކުގެ މަސައްކަތްތަށް ހިންގުމުގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރި ކުރުމުގައި އިންޑޯ ބޭނުންކުރާ އެސޯސިއޭޝަންތަކުން ވަރަށް ބޮޑަށް އެދިފައިވާ ކަމެއް ކަމަށްވެސް ޔޫތް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.