ސިޔާސީ

މަހްލޫފްގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފި


އިދިކޮޅު
ފަރާތަތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހުންގެ އަމުރައް
ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ
ތުހުމަތުގައި ބަންދުގައިހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ
މެންބަރު އަހުމަދު މަހުލޫފްގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން
ޖަހައިދީފިއެވެ. މަހުލޫފްގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވަނީ،
ގޭބަންދުގައި ބަހައްޓުމަށް ކޯޓުން ޖަހައިދިން 5 ދުވަހުގެ މުއްދަތު
ހަމަވުމާގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށުން އަލުން ކޯޓަށް ހާޒިރު ކުރުމުންނެވެ.
މެންބަރު މަހުލޫފްގެ ބަންދުގެ މުއްދަތު 3 ވަނަފަހަރަށް އިތުރުކޮށްދީފައިވާއިރު 5
ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ބަހައްޓާފައިވެއެވެ. އަދި
ދެވަނަފަހަރަށް މަހުލޫފްގެ ބަންދަށް 5 ދުވަސް ޖަހާދީފައިވަނީ ގޭ ބަންދުގައި
ބެހެއްޓުމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަހުލޫފްގެ ބަންދުގެ މުއްދަތު
ކޯޓުން ޖަހާދީފައިވަނީ ވަކިމުއްދަތަކަށް މުޒާހަރާތަކުގައި
ބައިވެރި ނުވުމަށް ކޯޓުން ކުރި ޝަރުތަށް އިންކާރުކުރުމުންނެވެ.