ޚަބަރު

ދޫނިދޫގައި ފުލުހުންގެ ޑައިވިންގ ސްކޫލެއް ހުޅުވައިފި


ފުލުހުންގެ
ޑައިވިންގ ސްކޫލެއް މާލެއަތޮޅު ދޫނިދޫގައި ހުޅުވައިފިއެވެ.



ދޫނިދޫގައި
ބޭއްވި ރަސްމިއްޔާތެއްގައި މިސްކޫލް ހުޅުއްވާދެއްވުމަށްފަހު ހޯމް މިނިސްޓަރު
އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އަށްޑިހަ ދެވަނަ އަހަރީ
ދުވަހާއި ގުޅިގެން ޑައިވިންގ ސްކޫލެއް ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް
ކަމަށާއި ކަނޑުމަތީގެ ދާއިރާގައި މެރިން ޕޮލިސް ހުޅުވަމުންދާ ދޮރުތަކަކީ ވަރަށް
މުހިންމު ދޮރުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ނުވަދިހަ ނުވައެއް އިންސައްތައަކީ
ކަނޑު ކަމުގައިވާތީ، ކަނޑުމަތީގައި ދިމާވާ އެކި އެކި ހާދިސާތައް ދިމާވާއިރު،
ޑައިވިންގ ސްކޫލެއް ހުރުމަކީ މުހިންމު ކަމެއްކަމަށެވެ.



މި ރަސްމިއްޔާތުގައި
ލޯންޗު ޑްރައިވިންގ ކޯސް ނިންމި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދީފައި.
ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުއެވެ.
ޑްރައިވިންގ ކޯސް ނިންމާ ޖުމްލަ 10 ބައިވެރިން ވަނީ ސެޓްފިކެޓު ހާސިލްކޮށްފައެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ލޯންޗު ޑްރައިވިންގ ކޯސް ކުރިއަށް ގެންދިޔަ މުދައްރިބުންނަށް
ކޯހުގެ ބައިވެރިންގެ ފަރާތުން ހަނދާނީ ފިލައެއް ވެސް އަރުވާފައިވެއެވެ.