ޚަބަރު

އެމްޑަބްލިއުއެސްސީގެ ފުރަތަމަ ދިވެހި މުޢައްޒަފު އަވަހާރަވެއްޖެ


މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް 24އަހަރުގެ ދިގު މުއްދަތަަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުޙައްމަދު ޝާފީއު އަވަހާރަވެއްޖެއެވެ.

މުޙައްމަދު ޝާފީއުއަކި އެކުންފުނީގެ ޚިދުމަތާގުޅުނު ފުރަތަމަ ދިވެހި ބޭފުޅާއެވެ. އަވަހާރަވީއިރު ޝާފިއު މަސައްކަތް ކުރައްވަމުން ގެންގޮސްފައިވަނީ ކަސްޓަމަރ ސަރވިސް މެނޭޖަރެއްގެ ގޮތުގައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ޝަފީއުއަކީ ދާއިރާގެ ތަޖުރިބާހުރި، އެހެން މުޢައްޒަފުންނަށް ހުރި ފުރިހަމަ މިސާލެކަމަށެވެ.

އަދި މިއީ އެކުންފުންޏާއި ކުންފުނީގެ މުވައްޒަފުންނަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައިވަނީ ސިފަކުރައްވާފައެވެ. ޝާފިއު އެމްޑަބްލިއުއެސްސީެގެ ޚިދުމަތާ ގުޅިފައިވަނީ 1995ވަނަ އަހަރުއެވެ.
އެމްޑަބްލިއުއެސްސީންވަނީ މިހިތާމައިގައި އެއޮފީހުގެ ދިދަ، ތިންދުވަސްވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ނިންމާފައެވެ. ޝާފިއު އަވަހާރަވެފައިވަނީ، ރޭފަތިހުގެ ވަގުތެއްގައި، އުމުރުން 57 އަހަރުގައެވެ.