ވިޔަފާރި

އިންޓަރގްރޭޓެޑް ފަރމިން ތަމްރީނު ޕްރޮގްރާމް ހަނިމާދޫގައި ފަށައިފި


އިންޓަރގްރޭޓެޑް ފަރމިން ތަމްރީނު ޕްރޮގްރާމް ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފަށައިފިއެވެ.މި ޕްރޮގްރާމަކީ، ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ޙާސިލްކުރުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް ދަނޑުވެރިކަމުގެ އާ ވިޔަފާރިގެ ފުރުސަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، މިކަމަށް ޒުވާނުން އަޙުލުވެރިކުރުމުގެ ގޮތުން ކޯޕަރޭޓިވްސްތައް އުފައްދާ، އެތަންތަނުގެ އުފެއްދުންތައް އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.ރާއްޖޭގެ ހަތް ރަށަކުން ހަތާވީސް ފަރާތަކުން ބައިވެރިގެން ހަނިމާދޫގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ދިހަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.ތިމާވެއްޓާއި ރަށްޓެހި އިންޓަގްރޭޓަޑް އުސޫލުތަކަށް ދަނޑުވެރިން އަޙުލުވެރި ކުރުވުމަށާއި ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތަކާއި އައު ގޮތްތައް ތައާރަފްކޮށްދިނުމަށް ހިންގާ މމި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހއ.ތުރާކުނާއި، ހއ.ހޯރަފުއްޓާއި، ހދ.ހަނިމާދޫއާއި، ފ.މަގޫދޫއާއި، ގދ.ވާދޫގެ އިތުރުން ފުވައްމުލަކާއި، އަދި ސ.މީދޫގައެވެ.