ޚަބަރު

ބެލްޖިއަމްއިން 2020ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފި



އެޑެން ހަޒާޑްގެ ދެ ގޯލާއެކު ރަޝިޔާ ބަލިކޮށް 2020 އަހަރުގެ ޔޫރޯ ކޮލިފައިންގެ ފެށުން ބެލްޖިއަމުން ރަނގަޅުކޮށްފިއެވެ.

ބެލްޖިއަމުން މެޗް ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީވެސް ބެލްޖިއަމުންނެވެ. މެޗްގެ 14 ވަނަ މިނެޓްގައި މި ގޯލް ކާމިޔާބު ކޮށްދިނީ ޔޫރީ ޓީލްމަންސްއެވެ. 16 ވަނަ މިނެޓްގައި ރަޝިޔާގެ ޑެނިސް ޗެރިޝެވް ވަނީ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ފަހަރަށް ބެލްޖިއަމަށް ލީޑް ނަގައިދިނީ ހަޒާޑެވެ. އެއީ ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީގެންނެވެ.

އިތުރު ލަނޑެއް ޖަހާ ހަޒާޑް ބެލްޖިއަމްގެ ލީޑް ފުޅާކޮށްދިނީ މެޗް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ދެން ބެލްޖިއަމް ވާދަކުރާނީ ސައިޕްރަސްއާ ދެކޮޅަށެވެ. ސައިޕްރަސް ޔޫރޯ ކޮލިފައިން ފަށާފައިވަނީ ވަނީ ފަސް ލަނޑު ސުން ލަނޑުން ސަން މަރީނޯ ބަލިކޮށް ފުރިހަމަ މޮޅަކުން ވަގުތީގޮތުން ގްރޫޕް އައިގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ.

ރަޝިޔާ ދެން ވާދަކުރާނީ ކޮލިފައިންގެ ފުރަތަމަ މެޗުން ތިން ލަނޑު ސުންލަނޑުން ސްކޮޓްލޭންޑް ބަލިކުރި ކަޒްކަސްތާނާ ދެކޮޅަށެވެ.