ޚަބަރު

ރަން މެޑަލް އަކާއިއެކު ސްޕެޝަލް އޮލީމްޕިކްސް ގޭމްސް ރާއްޖެއިން ނިންމާލައިފި



ދުނިޔޭގެ 170 އަށްވުރެއް ގިނަ ޤައުމަކުން ބައިވެރިވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް ނިންމާލާއިފިއެވެ.

މިމަހުގެ ސާދައިން އެކާވީހުގެ ނިޔަލަށް އަބޫދާބީގައި ކުރިޔަށްގެންދިޔަ މި މުބާރާތުގައި ދުނިޔޭގެ އެކި ހިސާބުތަކުން 7500 އަށްވުރެ ގިނަ އެތްލީޓުން ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭއިން 4 އެތްލީޓުން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

އެގޮތުން މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ އަހަރު އަންހެންނުންގެ ދުވުމުގެ 200 މީޓަރ އިން ރަން މެޑަލް ރާއްޖޭގެ ޝިފްނާ އިބްރާހިމް ވަނީ ހޯދާފައެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ބައިން ރިހި މެޑަލް ވަސްމީ ވަހީދު ވަނީ ހޯދާފައެވެ. މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި އެތްލީޓުންނަކީ ވަސްމީ އާއި އަލީ އަމީނުގެ އިތުރުން މަރިޔަމް ނޫރާ ރަޝާދާއި ސިފްނާ އިބްރާހީމްއެވެ.

މުބާރާތައްފަހު މި ހަތަރު އެތްލީޓުން އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހުއެވެ. އަދި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރު ރާއްޖޭގެ އެތްލީޓުން ހޯދި ކާމިޔާބަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޙާއްސަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.