ޚަބަރު

ސައުދީގެ އަމާޒަކީ މުބާރާތަށް ކޮލިފައިވުން - ސާދް އަލީ އަލް ޝެހްރީ



އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ސައުދީ އަރަބިއާގެ އަމާޒަކީ އަންނަ އަހަރު ތައިލެންޑްގައި ބާއްވާ މުބާރާތަށް ކޮލިފައިވުން ކަމަށް ސާދް އަލީ އަލް ޝެހްރީ ބުނެފިއެވެ.

އޭނާ ބުނީ ރާއްޖޭގެ ހާލަތު ނޭނގޭ ކަމަށާއި ނަމަވެސް ސައުދީގައި މެޗު ކުޅެން ޖެހުމަކީ އޭނާގެ ޓީމަށް އޮތް ހިތްހަމަޖެހުމެއްނޫން ކަމަށެވެ.
ސަބަބަކީ ޓީމުގެ ގިނަ ކުޅުންތެރިން ޓީމާ ގުޅުނީ ވަރަށް ފަހުން ކަމަށްވެފައި އަމިއްލަ ގައުމުގައި ކުޅުމަކީ ޕްރެޝަރަކަށްވާތީ ކަމަށެވެ.

އަދި ޔޫއޭއީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި ސައުދީން މުބާރާތަށް ކޮލިފައިވުމުގެ ޕްރެޝަރު އެބައޮތް ކަމަށް ކޯޗު ބުންޏެވެ. ސައުދީ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 10:30ގައެވެ.