ޚަބަރު

ރާއްޖެ ހިމެނެނީ ވަރުގަދަ ގުރޫޕެއްގައި، އެކަމު ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރަން - ޕީޓާ ސެގާޓް



އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ވަރަށް ވަރުގަދަ ގްރޫޕެއްގައި ނަމަވެސް ރަނގަޅު ނަތީޖާ އަކަށް އުއްމީދު ކުރާ ކަމަށް ކޯޗު ޕީޓަ ސެގަޓް ބުނެފިއެވެ.

ސައޫދީ އަރަބިއާގައި އެ ގައުމާ ދެކޮޅަށް ކުޅުމުގެ ކުރިން ގައުމީ ކޯޗު ބުނީ ސައުދީ އަރަބިއާ އާއި ޔޫއޭއީ އަދި ލެބަނަން އަކީ ވަރަށް ވަރުގަދަ ޓީމުތަކެއް ކަމަށެވެ. ނަމަވެސް އޭނާގެ ޓީމަކީ ވަރަށް ޒުވާން އަދި ހުނަރުވެރި ޓީމެއް ކަމުން ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރާ ކަމަށެވެ.

ކޯޗު ބުނީ އޭނާ ޓީމުގެ ހެޑްކޯޗަކަށް ޖަހާފައިވީ ނަމަވެސް ޓީމު ލީޑް ކުރާނީ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު ކަމަށާއި އޭނާ އަށް ކާމިޔާބީ އަށް އެދޭ ކަމަށެވެ. ޓީމު ލީޑް ކުރަން ޝާކިރާ ހަވާލުކުރީ އޭނާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ކޯޗަށްވުމުން ކޯޗުންގެ ކުރިއަރުވަން އެފްއޭއެމުންނާއި އޭނާ ވެސް ބޭނުންވާތީ ކަމަށް ކޯޗު ބުންޏެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެ ކުޅުންތެރިން ޓިމުގައި ހިމެނޭ ކަމަށާއި އަދި 17 އަހަރުގެ ކުޅުންތެރިން ވެސް ޓީމުގައި ހިމެނޭތީވެ މިއީ ކުރިމަގަށް ބިނާކުރެވޭ ޓީމެއް ކަމަށް އޭނާ އުއްމީދު ކުރާ ކަމަށް ވެސް ކޯޗު ބުންޏެވެ.