ވިޔަފާރި

އޭވިއޭޝަން އާއި ނުލާ ޓޫރިޒަމް ކުރިއަކަށް ނުދާނެ- ހާރިސް


ރާއްޖޭގައި އޭވިއޭޝަން އާއި ނުލާ ޓޫރިޒަމް ކުރިއަކަށް ނުދާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާރވިސް ގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ހާރިސް ވިދާޅުވެއްޖެއެވެ.އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯހުގެ ފަންސާސްވަނަ ބުރު ނިންމުމަށްޓަކައި ކޯސްޓްގާޑް ބިލްޑިންގ ގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ސާރވިސް ގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ހާރިސްއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހާރިސް ވިދާޅުވީ  އޭވިއޭޝަން ސެކިއުރިޓީގެ ބޭފުޅުންގެ އެންމެ އިސް ވާޖިބަކީ ނުރައްކާތައް ދެނެގަތުން ކަމަށާއި ނުރައްކަލެއް ދިމާވެއްޖެނަމަ އެ ހާދިސާއެއްގައި ކަންތަންކަން ހިންގާނެގޮތް އެނގި އެކަން މެނޭޖް ކުރުން އެގުން ކަމަށެވެ. ހާރިސް އިތުރަށް ވިދާޅުވީ އޭވިއޭޝަން ފެއިލްވެއްޖެނަމަ ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ކައިރި ކަމެއް ކަމަށާއި ބައެއް ގައުމުތަކުގައި މިހާތަނަށް ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ.ސާޅީސް ދެދުވަހަށް ކުރިއަށްގެންދިޔަ މި ކޯހުގައި ބާވީސް ފަރާތަކުން ބައިވެރިވެފައިވެއެވެ.