ވިޔަފާރި

ރާއްޖޭގައި ކޮކާކޯލާގެ ހިދްމަތްދޭތާ 25 އަހަރު ފުރުން ފާހަނގަކުރަނީ


ރާއްޖޭގައި ކޮކާކޯލާ ގެ ޚިދުމަތް ދޭތާ ފަންސަވީސް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޕްރޮމޯޝަނެއް ފަށައިފިއެވެ.ނަސަންދުރަ ޕެލަސްގައި ކުރިޔަށްގެންދިޔަ މި ޕްރޮމޯޝަން ފައްޓަވާދެއްވާފައިވަނީ ގައުމީ ޓީމްގެ ގޯލްކީޕަރ އިމްރާމް މުހައްމަދުއެވެ.އިއްޔެ ބޭއްވި ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގައި ޕްރޮމޯޝަންގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކޯކް ފުޅިވަނީ ދައްކާލާފައެވެ.މި ޕްރޮމޯޝަނައް ތައްޔާރުކޮށްފައިވާ ހުދު މަތިގަނޑުލީ ކޯކްފުޅީގެ މަތިގަނޑުގައި، ލިޔެފައިވާ އަކުރުގެ ކޯޑް 2626 ށް މެސެޖް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.މި ޕްރޮމޯޝަންގައި ޚާއްސަ ދެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތޭރޭގައި ސިންގަޕޫރުގެ ޔުނިވާސަލް ސްޓޫޑިޔޯއަށް ހަމީހަކަށް އިތުރު މީހަކު ގޮވައިގެން ދިއުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ކޮކާކޯލާ ކޮންޕެނީން މައުލޫމާތުދެއެވެ.މި ދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ އެކުންފުނިން ކަމަށް ވެސް ކޮކާކޯލާ ކުންފުނިން ބުނެފައިވެއެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ބާރަ ފަރާތަކަށް ޔަމަހާ ބްރޭންޑްގެ ސައިކަލް ލިބިގެންދާނެ ކަމަށާއި އަދި މީގެ އިތުރުންވެސް ތަފާތު އިނާމުތައް މި ޕްރޮމޯޝަންގެ ތެރޭގައި ހިމެނިފައިވާނެކަމަށް ކޮކާކޯލާ ކޮމްޕެނީން މައުލޫމާތުދެއެވެ.މި ކުންފުންނިން ރާއްޖޭގައި ޚިދުމަތްދެމުން އަންނަތާ ފަންސަވީސް އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިޔާތުގައި ވަނީ ކޮކާކޯލާގެ ޚާއްސަ އިޝްތިހާރުތަކެއް ދައްކާލާފައެވެ.މި ޕްރޮމޯޝަން ކުރިޔަން ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ އެކަކުން ފެށިގެން މޭމަހުގެ ފަނަރައާއި ހަމައަށްކަމަށް އެކުން ފުނިން މައުލޫމާތުދެއެވެ.