ސިޔާސީ

އޯއައިސީގެ ބައްދަލުވުމަކަށް ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލް ތުރުކީއަށް


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީން ބާއްވާ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާރޒް އަޙްމަދު ޚަލީލް ތުރުކީއަށް ވަޑައިގެންފިއެވެ.

ތުރުކީގެ އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ނިއުޒީލެންޑުގެ ކްރައިސްޗަރޗް ސިޓީގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ޙަމަލާތަކާއި ގުޅޭގޮތުންނެވެ.

މިދިޔަ ހުކުރު ދުވަހު ނިއުޒީލެންޑުގެ ކްރައިސްޗަރޗްގެ ދެ މިސްކިތަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ވަނީ ފަންސާހަށް ވުރެ ގިނަ މުސްލިމުން މަރުވެފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އަދި ގިނަ ބަޔަކު ޒަޚަމްވެ ބައެއް މީހުންނަށް ސީރިއަސް ޒަޚަމްތަކެއްވެސް ލިބިފައިވެއެވެ.

އެ ޙަމަލާތައް ދީފައިވަނީ ބްރެންޓަން ޓެރަންޓް ކިޔާ 28 އަހަރުގެ އޮސްޓްރޭލިޔާ މީހެކެވެ. އެ ހަމަލާތަކާއި ގުޅިގެން އޮސްޓްރޭލިޔާގެ ފުލުހުން ވަނީ ޓެރަންޓާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ތިންމީހުން އެކަމާއި ގުޅުންހުރި ކަމަށް ނުބެލެވޭކަމަށް އޮސްޓްރޭލިޔާގެ ފުލުހުން ވަނީ ބުނެފައެވެ.