ޚަބަރު

މިނިވަން 50 ފާހަނގަކުރުމަށް ހާއްސަ ދުއާއަކާއިއެކު ޞަދަޤާތްކުރަނީ


ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާރޭ ސްޓޭޑިއަން ސަރަހައްދުގައި ގިނަބަޔަކު އެއްވެ ޖަމާއަތުގައި އިޝަނަމާދުކުރުމާ އަދި ދުވަހާގުޅޭ ޚާއްޞަ ދުއާއެއްކުރުން އޮންނާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ހޯމް މިނިސްޓްރީން ބުނީ ރާއްޖެއަށް މިނިވަންކަން މިންވަރުކުރައްވާފައިވާތީ މާދަމާރޭ އިޝާނަމާދަށްފަހު ޚާއްޞަ ދުއާއެއް ކުރުން އޮންނާނެކަމަށެވެ. އަދި އެއަށްފަހު ޞަދަޤާތްކުރުމުގެ ގޮތުން ބަކަރިކަތިލުމުގެ ހަރަކާތެއް އެސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.މިނިވަންފަންސާހުގެ މުނާޞަބާގައި މާދަމާރޭ އޮންނަ ހަރަކާތްތައް އިންތިޒާމް ކުރާ ކޮމެޓީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްޓްރީ އިބްރާހިމް މުއާޒް ވިދާޅުވީ މިހަރަކާތަކީ ވަރަށްގިނަ ފަރާތްތަކަކުން ގުޅިގެން އެފަރާތްތަކުގެ އެހީތެރިކަމާއެކު ބޭއްވޭ ހަރަކާތެއްކަމަށެވެ. މިގޮތުން މާދަމާރޭ އޮންނަ މިހަރަކާތުގައި ޞަދަގާތްކުރުމަށް ސަތޭކަ ފަންސާސް ބަކަރި ކަތިލެވޭނެކަމަށާ މި ކަތިލެވޭ ބަކަރީގެ މަސް ވީހާވެސް ގިނަ ފަރާތްތަކަށް ލިބޭނެގޮތަށް އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް މުއާޒްވިދާޅުވިއެވެ.މާދަމާރޭ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތެއްގައި  އިޝާނަމާދުކުރުމަށް ހަމަޖެހިފައިވާއިރު އިމާމުވެ އިޝާނަމާދުކުރައްވާނީ އިސްލާމިން މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުކަމަށް އިންތިޒާމް ކޮމެޓީން މައުލޫމާތުދެއެވެ.