ޚަބަރު

އާޖެންޓީނާގެ ސްކޮޑްގައި ލިއޮނެލް މެސީ ހިމަނައިފި


މިދިޔަ އަހަރުގެ ވޯލްޑްކަޕްގެ ފަހުން ފުރަތަމަ ފަހަރަށް އާޖެންޓީނާގެ ސްކޮޑުގައި ހިމެނި ފަރިތަކުރުންތަކުގައި ކެޕްޓަން ލަޔަނަލް މެސީ ބައިވެރިވެއްޖެއެވެ.

ވޯލްޑްކަޕްގެ ދެވަނަ ބުރުން ފްރާންސް އަތުން ބަލިވި މެޗަށްފަހު މެސީވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް ސަޕޯޓަރުންނާއި ކޯޗުންގެ އެދުމުގެ މަތިންވަނީ މެސީވަނީ އޭނާގެ ނިންމުން ބަދަލުކޮށްފައި. އާޖެންޓިނާގެ ޤައުމީ ޓީމް ފަރިތަކުރަމުންދަނީ ވެނެޒުއޭލާއާއި މޮރޮކޯއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށެވެ.

ކޯޗު ލަޔަނަލް ސްކޮލޯނީ ނެގި ސްކޮޑުން މެސީއާއިއެކު ޤައުމީ ޓީމަށް އެކުގައި ކުޅުނު ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުނުދެއެވެ. އެގޮތުން ސާޖިއޯ އަގުއޭރޯ، ގޮންޒާލޯ ހިގުއައިން އަދި މައުރޯ އިކާޑީވެސް މިފަހަރުގެ ސްކޮޑުގައި ކޯޗު ހިމަނާފައި ނުވެއެވެ.

އެހެން ކުޅުންތެރިންނަށް ބަލާއިރު، މިފަހަރުގެ ސްކޮޑުން މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ ނިކޮލަސް އޮޓަމެންޑީވެސް ކޯޗުވަނީ ބާކީކޮށްފައެވެ.