ޚަބަރު

މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ އެކުލަބާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި


މާޒިޔާގެ ޑިފެންޑަރ އަމްދާން އަލީ (އެންޑީ) އެކުލަބާއެކު ހަދާފައިވާ އެއްބަސްވުންއާކޮށްފިއެވެ.

އަމްދާމް އަލީ މާޒިޔާއާއި އެކު ހަދާފައިވާ އެއްބަސްވުން އިތުރުކޮށްފައިވަނީ 3 އަހަރަށެވެ. އަމްދާން އަލީ މިދިޔަ އަހަރުގެ ބޮޑުބައިގައި ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. 2017ވަނަ އަހަރު އަމްދާންގެ ކަކުލަށް ލިބުނު އަނިޔާއިން ސަލާމަތްވެ މިދިޔަ އަހަރު މެދުތެރޭގައި ކުލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވެ، ގިނަ މެޗްތަކުގައި ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައެވެ. ކުރިން ގައުމީ ޓީމްގެ ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އަމްދާން އަލީ ފާހަގަވެގެންދިޔައީ 2011ވަނަ އަހަރު މާޒިޔާގެ ޔޫތް ޓީމުންނެވެ.

މިއަހަރުގެ ސީޒަނަށް ތައްޔާރުވުމަށް އެންމެ ގިނަ ކުޅުންތެރިން އަދި މިހާތަނަށް ގެނެސްފައިވަނީ މާޒިޔާއަށެވެ. އެޓީމްއިންވަނީ މިދިޔަ އަހަރު ޓީސީއަށް ކުޅުނު އިބްރާހީމް ވަހީދު އާއި އަބްދުﷲ ހަނީފްއާއި، ވިކްޓްރީއަށް ކުޅުނު ހުސެއިން ނިހާން އާއި މިދިޔަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގައި މޮޅު ކުޅުމެއްދެކި ހަމްޒާ މުހައްމަދު އާއި އަހުމަދު އަބްދުﷲ މާޒިޔާއަށް ގެނެސްފައެވެ. މިދިޔަ އަހަރު މާޒިޔާގެ ސްކޮޑްގައި ހިމެނުނު ބައެއް ކުޅުންތެރިންވަނީ ވަނީ އެޓީމްއާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައެވެ.