ޚަބަރު

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ


ރާއްޖެއިން އުމްރާއަށްގޮސް އުޅުނު އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މަރިޔަމް ޙުސެއިން މަނިކު(63އ) ނަމަކަށް ކިޔާ މީހެކެވެ. އޭނާ ނިޔާވެފައިވަނީ އިއްޔެ އިރުއޮއްސި 6:02 ހާއިރުގައެވެ.

މި އަންހެން މީހާ އަކީ ހިޖާޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާއަށް ގޮސް ހުރި މީހެކެވެ. އެ ކުންފުނިން ބުނީ މަރިޔަމް ޙުސެއިން މަނިކު ނިޔާވެފައިވަނީ ބަލިވެ އުޅުމަށްފަހުގައި ކަމަށެވެ.

ހިޖާޒް ޕްރައިވެޓް ލިމިޑެޓުން ބުނީ މައްޔިތާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައިވާކަމަށާއި ސަޢޫދީ އެމްބަސީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން މައްޔިތާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނެކަމަށެވެ.