ޚަބަރު

އަމިއްލައަށް ތައްޔާރުކުރި ގިނަ އަދަދެއްގެ ބަނގުރަލާއެކު ބިދޭސީންތަކެއް އަތުލައިގެންފި


އަމިއްލަ އަށް ތައްޔާރު ކުރި 800 އަށްވުރެ ގިނަ ބަނގުރާ ފުޅިތަކަކާއެކު ބިދޭސީން ތަކެއް އަތުލައިގެންފިއެވެ. ފުލުހުން ބުނީ ބަނގުރާ ކައްކާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ޑްރަގް އެން ފޯރސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ކަމަށް ޝަކުކުރެވޭ ފުޅި ތަކަކާއެކު 8 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންވެސް ހައްޔަރުކުރީ މައްޗަންގޮޅި ގެއެއްގައި ބަނގުރާ ކައްކާ ފުޅާ ދާއިރާ އެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.

މިޕަރޭޝަންގައި އެގެ ބަލާ ފާސްކުރުމުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލް 888 ފުޅި އާއި 5 ލީޓަރުގެ 6 ފުޅި އާއި 14 ޓައްޕު ފެނިފައި ވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަގައި ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 22 އަހަރާއި 24 އަހަރާއި 25 އަހަރާއި 26 އަހަރާއި 27 އަހަރާއި 29 އަހަރާއި 33 އަހަރުގެ ބިދޭސީންނެވެ. އަދި މިއެންމެނަކީ ފިރިހެނުންކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުޤީގު ކުރަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ.