ވިޔަފާރި

ފައިދާނުވާތީ އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތައް ބަންދުކުރަނީ

ފައިދާ ނުލިބޭތީ އެސްޓީއޯގެ ބައެއް ސަބްސިޓަރީ ކުންފުނިތައް ބަންދުކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑް އަދި އެސްޓީއޯ ހޮޓަލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޑެޓް އުވާލުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ސިންގަޕޫރުގައި ހުންނަ އެސްޓީއޯ މޯލްޑިވްސްގެ މަސައްކަތްވެސް ވަގުތީގޮތުން ހުއްޓާލުމަށް ނުވަތަ ޑޯމަންޓްކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ ސަބްސިޑަރީތަކުގެ ޕަރފޯމަންސް ރިޕޯޓުން އިންވެސްޓްމަންޓާއި އެއްވަރުގެ ފައިދާއެއް ލިބިފައިނުވާތީކަމަށް އެސްޓީއޯއިން ބުނެއެވެ. މި ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނާއި ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.