ވިޔަފާރި

މަސީގެ އަހަރީ އާންމު ޖަލްސާ އަންގާރަދުވަހު ބާއްވަނީ


މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ 17 ވަނަ އަހަރީ އާންމު ޖަލްސާ އަންގާރަދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާ އޮންނާނީ 19 މާރޗް ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:15 ގައި، ހޮޓެލް ޖެންގައިކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.

މަސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ޖަމުޢިއްޔާގެ މެންބަރުންނަށް ވަނީ ހުޅުވާލާފައެވެ. މިޖަލްސާގައި ބައިވެރިވެވޭނީ މެމްބަރު ކުންފުނިތަކުގެ ތެރެއިން މަސީގައި ރަޖިސްޓްރީކޮށްފައިވާ މަންދޫބުންނަށްކަމަށް މަސީން ބުނެއެވެ. އެއްވެސް ސަބަބަކާއި ހެދި މަންދޫބަކަށް ބައިވެރިނުވެވޭ ކަމުގައިވާނަމަ ބަދަލުގައި ފޮނުވާ މީހަކު ޕްރޮކްސީ ފޯމާއެކު ފޮނުވުމަށްވެސް މަސީން އިލްތިމާސްކުރެއެވެ. ޕްރޮކްސީ ފޯމް އެސޯސިއޭޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެކަމަށްވެސް މަސީން ބުނެއެވެ.

މި ޖަލްސާގައި މަސީގެ 17 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމާއި، 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން އޮންނާނެކަމަށް މަސީން ބުނެއެވެ.