ޚަބަރު

ފުލުހުންގެ ކްލިނިކް "ނޫސަންދަ" ހުޅުވައިފި


ފުލުހުންގެ ކްލިނިކް "ނޫސަންދަ" ހުޅުވައިފިއެވެ.އސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ކްލިނިކް ހުޅުއްވައިދެއްވި ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުއެވެ.ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޚިދުމަތްދިނުމަށް ހުޅުވި ކްލިނިކުން މިއަދުން ފެށިގެން ޚިދުމަތްދޭނެ ކަމަށާއި، އެޕްރީލް މަހުގެ ދިހަ އަކުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.ކްލިނިކްގެ ޚިދުމަތްތަކަ ބެހޭގޮތުން މެޑިކަލް ސަރވިސްގެ ފަރާތުން ވާހަކަ ދައްކަވަމުން ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. މުހައްމަދު ޝުޖާއު ވިދާޅުވީ، އިމަރޖެންސީ ހާލަތުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް ލަސްނުކޮށް ފަރުވާ ދިނުމުގެ ގާބިލްކަން ކްލިނިކްގައި ހުންނާނެ ކަމަށާއި، އާންމު ބަލިތަކާއި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނާއި، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްވެސް ކްލިނިކުން ލިބިގެންދާނެ ކަމަށެވެ.ނޫސަންދައިގެ ނަމުގައި ހުޅުވި ފުލުހުންގެ ކްލިނިކުން ފާރމަސީއާއި ލެބޯޓްރީގެ ޚިދުމަތްވެސް ލިބެން ހުރެއެވެ. މިތަން މިހުޅުވުނީ މިއަދު ފާހަގަކުރަމުންދާ ފުލުހުންގެ 82 ވަނަ އަހަރީ ދުވަހާއިވެސް ދިމާކޮށެވެ.