ޚަބަރު

އީސީގެ މެންބަރުކަމަށް ޙަބީބު ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން އީސީގެ މެންބަރުކަމަށް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ޢައްޔަން ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އިސްމާޢީލް ޙަބީބް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލު ކުރެއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، މެމްބަރު ޙަބީބު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވާފައެވެ.

ޙަބީބު މިއަދާ ހަމައަށްވެސް ހުންނެވީ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައެވެ. އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިއަދަށެވެ.