ވިޔަފާރި

އެމެރިކާގައި އޮންނަ ކަލްޗަރ ސަމިޓްގައި ރާއްޖެއިން ބައިވެރިވާ މަންދޫބަކަށް އަފީފް ހުސެއިން


އަންނަ ޖޫން މަހު އެމެރިކާގައި އޮންނަ ކަލްޗަރ ސަމިޓްގައި ދިވެހިރާޖޭގެ ފަރާތުން ބައިވެރިވާނޭ މަންދޫބަކަށް ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑިރެކްޓަރ އަފީފް ހަސަން ހަމަޖައްސައިފިއެވެ.

އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ އެކި ޤައުމުތަކުގެ ޘަޤާފަތާއި އާދަކާދަ ދިރުވައި މަސައްކަތުގެ މާހައުލުގައި އެޤައުމުގެ ޘަޤާފަތް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ތަމްރީނުދިނުމަށް ބާއްވާ ސަމިޓެކެވެ.

މި ސަމީޓްގައި އެކި ޤައުމުތަކުން ބައިވެރިވާއިރު ދިވެހިރާއްޖޭގެ ފަރާތުން މި ސަމިޓްގައި ރާއްޖެ ތަމްސީލުކޮށް "އެމިންޓް ސްޕީކަރ" އެއްގެ ގޮތުގައި ބައިވެރިވުމަށް އަފީފް ހަސަން ވަނީ ހަމަޖައްސާފައެވެ.

އަފީފް ހަސަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އަދި ހިއުމަން ރިސޯސް މެނޭޖްމެންޓާއި ކަސްޓަމަރ އެކްސްޕީރިއެންސް އަދި މިފަދަ ގިނަ ދާއިރާތަކުން އަފީފް ވަނީ ތަމްރީނާއި ތަޖުރިބާ ހާސިލްކުރައްވާފައެވެ.

މި ސަމީޓްގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ ވޯކްޝޮޕްތައް ބާއްވާ އެކި ޤައުމުތަކުން ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި މަޝްވަރާކުރުން ކުރިއަށްދާނެއެވެ.
މި ސަމިޓް އޮންނާނީ މިއަހަރުގެ ޖޫން މަހު އެވެ.